މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ޗުއްޓީ އަށް "ބިއޯންޑް" އެއާލައިންގައި ރާއްޖެ އަށް އަތުވެއްޖެ އެވެ.
އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި މި ވާހަކަ ހިއްސާކޮށްފައިވާ އިރު، ރާއްޖޭގެ މަޝްހޫރު ކުންފުނި ސިމްޑީ ހިއްސާވެގެން އުފެއްދި ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ އިންސްޓަގްރާމް އެކައުންޓްގައި ވެސް ޖޯޖީނާ، އެ އެއާލައިންގެ ދެ ޕައިލެޓާ އެކީ ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނި އޭނަގެ އާއިލާ އާއި ރައްޓެހިންތަކެއް "ބިއޯންޑް" ގައި ރާއްޖެ އިއްޔެ ރާއްޖެ އައީ ފްލައިޓް ޗާޓަރުކޮށްގެން ކަމަށެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުން ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ޖޯޖީނާގެ ބައިވެރިޔާ ޕޯޗްގަލް އަށް އުފަން ރޮނާލްޑޯ އަކީ މިހާރު ސައުދީގެ ކުލަބެއް ކަމަށްވާ އަލް ނަސްރަށް ކުޅެމުން އަންނަ މީހެކެވެ. އެހެންވެ އެ އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ އެ ގައުމުގަ އެވެ. ޖޯޖީނާ އަކީ ރޮނާލްޑޯގެ ފަސް ކުދިންގެ ދެ ކުދިންގެ މަންމަ އެވެ. އެ ދެ މީހުން ގުޅުނީ 2016 ގަ އެވެ.
"ބިއޯންޑް" ގައި ޖޯޖީނާ ރާއްޖެ އައި އިރު، މީގެ ކުރިން އޭނަ ރޮނާލްޑޯއާ އެކީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.