Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ހުއްދަ ނެތި އާންމު ތަނެއްގައި އިވެންޓްތައް ނުބޭއްވޭނެ

ސިޓީ ސްކެއާގައި ބޭއްވި އިވެންޓެއްގެ ތެރެއިން.

އާންމު މައިދާންތަކުގައި އެއްވެސް ކަހަލަ ހަރަކާތެއް ހުއްދަ ހުއްދަ ނުހޯދައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަވަށްތަކުގެ ޢާންމު ޕާކްތަކާއި، މައިދާންތަކާއި ބަނދަރުމަތި އަދި ހުސްކޮށް އޮންނަ ބިންތަކުގައި ޓެންޓް ޖަހައިގެންނާ ނުޖަައި ވެސް އެއްވެސް ހަރަކާތެއް، އިވެންޓްތައް ހުއްދަނެތި ބޭއްވުމަކީ ކުރިން ވެސް މަނާކޮށްފައި އޮންނަ ކަމެއް ކަމަށެވެ.

އެހެންވެ އާންމު އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ ޙަރަކާތެއް ބޭއްވުމަށް ބޭނުންވާ ނަމަ އެ ހަރާކާތެއް ހިންގުމުގެ ކުރިން ކައުންސިލުން ހުއްދަ ހޯދުމަށް ހަނދާންކޮށްދޭ ކަމަށް ކައުންސިލުން ބުންޏެވެ.