Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެމް-ފައިސާއިން ބައިސްކޯފު ފީ ވެސް ދައްކާލެވޭނެ

އުރީދޫގެ އެމް-ފައިސާއިން ބައިސްކޯފު ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދައްކާލެވޭނެ އެވެ. މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިންމުކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށް އުރީދޫން ބުނެ އެވެ.

"އުރީދޫ އާ ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނާޝިޕާއެކު ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރު ތައް ލިބިގެންދާނެ." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވި އެވެ.

ބައިސްކޯފު އެޕްލިކޭޝަންއަކީ އައި.އޯ.އެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ. ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ބަލާލެވޭނެ އެވެ. ކޮންމެ މީހަކު ވެސް ބަލަން ބޭނުންވާ ފަދަ ކޮންމެސް ކޮންޓެންޓެން ބައިސްކޯފުން ލިބިގެންދާނެ އެވެ.