ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
ހޯމް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 6.15 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން، ގްރައުންޑް މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، މެޝަނަރީ އަދި ޕްލާސްޓަރިންގ މަސައްކަތްތަކާއި، ފުރާޅު އަދި ސީލިންގ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގް މަސައްކަތްތަކާއި، އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކީ، ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމައަށް ނެރުމެވެ.