Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

163 ޑެޕިއުޓީން، 91 ސްޓޭޓް މިނިސްޓަރުން

ސަރުކާރުގައި މިހާރު 163 ޑެޕިއުޓީ މިނިސްޓަރުންނާއި 91 ސްޓޭޓް މިނިސްޓަރުން އެބަތިބި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކާ ގުޅޭ ތަފުސީލުތައް ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުން މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގައި ތިއްބެވި ބޭފުޅުންނާއި ސްޓޭޓު މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 299 އަށް އަރަ އެވެ. މި ސަރުކާރުގައިި 22 މިނިސްޓްރީ ހިމެނެ އެވެ.

ޑެޕިއުޓީ މިނިސްޓަރުންގެ އަދަދުތަކަށް ބަލާ އިރު، ޑެޕިއުޓީން އެންމެ ގިނައީ ހޯމްލޭންޑް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 15 ޑެޕިއުޓީން އެބަތިއްބެވި އެވެ. ދެން ޑެޕިއުޓީން އެންމެ ގިނައީ ލޯކަލް ގަވަނަންސް މިނިސްޓްރީގަ އެވެ. އެއީ 13 ޑެޕިއުޓީންނާ އެކީގަ އެވެ.

ތިން ވަނަ އަށް ޑެޕިއުޓީ މިނިސްޓަރުން އެންމެ ގިނައީ ސްޕޯޓްސް މިނިސްޓްރީގަ އެވެ. އަދަދަކީ 12 އެވެ.

ދެން ވަކިވަކިން ޑެޕިއުޓީންގެ އަދަދަށް ބަލާ އިރު ރައީސް އޮފީސް ޑިފެންސް މިނިސްޓްރީގައި ދޭއް، ފިނޭންސް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮމިނިކް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ތަނެއްގައި ހަ ޑެޕިއުޓީން ތިބި އިރު، ހެލްތު މިނިސްޓްރީގައި ހަތަރެއް، ފިޝަރިޒް މިނިސްޓްރީގައި ހަތެއް، އިސްލާމިކް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އާއި އެންބަޔަރަމަންޓް މިނިސްޓްރީ މިއިން ކޮންމެ ތަނެއްގައި އަޑް ޑެޕިއުޓީން އެބަތިއްބެވި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގައި ކޮންމެ ތަނެއްގައި 10 ޑެޕިއުޓީން ތިބި އިރު، ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ހަތެއް، ކޮންސްޓްރަކްޝަން މިނިސްޓްރީގައި ފަހެއް، އެގްރިކަލްޗަރު މިނިސްޓްރީގައި ތިނެއް އަދި ޔޫތު މިނިސްޓްރީގައި ނުވަ ޑެޕިއުޓީން އެބަތިއްބެވެ.

މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގައި ނުވަ ބޭފުޅުން އެބަތިއްބެވި އެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރަ އާއި އެލަވަންސާ އެކީ މަހަކު، 35500ރ. ރުފިޔާ ލިބިވަޑައިގަނެ އެވެ.

ސްޓޭޓް މިނިސްޓަރުންގެ އަދަދަށް ބަލާ އިރު ސްޓޭޓް މިނިސްޓަރުން އެންމެ ގިނައީ ލޯކަލް ގަވަނަންސް މިނިސްޓްރީގަ އެވެ. އެއީ އަށެކެވެ. އަދި ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އަށް ބޭފުޅަކު އައްޔަން ވެސްކޮށްފައިވެ އެވެ.

ދެން ވަކިވަކި އަދަދުތަކަށް ބަލާއިރު ޑިފެންސް މިނިސްޓްރީގައި އެކެއް، ހޯމް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ތިނެއް، ފިނޭންސް މިނިސްޓްރީ އާއި ހެލްތާއި އިކޮނޮމިކާއި ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީން މިއިން ކޮންމެ ތަނެއްގައި ހަތަރު ސްޓޭޓް މިނިސްޓަރު އެބަތިއްބެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަނާއި އެންވަޔަރަމަންޓް މިނިސްޓްރީގައި ފަސް ސްޓޭޓް މިނިސްޓަރު ތިބި އިރު،
ފިޝަރީޒް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރު އެބަތިއްބެވެ.

ޖެންޑާ މިނިސްޓްރީގައި ހަ ސްޓޭޓް މިނިސްޓަރުން ތިއްބެވި އިރު، ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހަ ބޭފުޅަކު އެބަތިއްބެވި އެވެ.

ސްޓޭޓް މިނިސްޓަރުންނަށް ސާރައާއި އެލަވަންސާ އެކީ މަހަކު 47،000ރ. ލިބިވަޑައިގަނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުވާނެ އެވެ.