Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ގެއްލުނު އަންހެން މީހާ ފެނިއްޖެ، ހާލު ރަނގަޅު

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ.

36 އަހަރުގެ މަރްޔަމް ރާމިޒާ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޖަނަވަރީ 24 ވަނަ ދުވަހުގެ 20:37 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނުއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ މިއަދު 11:40 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.