Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

މިނިސްޓަރުންގެ ފުރަތަމަ ފޯރަމް މިރޭ

މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ބާއްވާ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފި އެވެ.

ކުރިން ފުރަތަމަ ފޯރަމް ބާއްވަން ނިންމީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ "އަހާ" ގެ ނަމުގައި ބާއްވާ ފުރަތަމަ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކްގައި ކަމަށެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން ފޯރަމް ލައިވް ވެސް ކުރާނެ އެވެ.

މިރޭގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބުގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މިނިސްޓަރުންގެ ފޯރަމް ސިލްސިލާކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ.