Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީ ބަރާބަރު: ސިރާޖު

މެންބަރު މޫސާ ސިރާޖު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮރިން ޕޮލިސީ "ބަރާބަރު" ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން މިސަރުކާރު ގެނައި މައިގަނޑު ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅު ފޮރިން ޕޮލިސީ ކަމުނުދިޔުން ކަމަށެވެ.

ދިވެހިން އެދެނީ ހުރިހާ ގައުމަކާ ރަނގަޅު ގުޅުމެއް ގާއިމުކޮށް، ވަކި ގައުމަކަށް ބަރޯސާނުވެ ދިވެހިން ހިންދަމައިލަން ކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.

"ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީ ބަރާބަރު. އެއީ ޕްރޯ މޯލްޑިވްސް." މޫސާ ސިރާޖު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާކަމަށް ބުނެ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.