Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ބުޅާ ފެސިލިޓީ ހަދަން މާލެ ކައުންސިލަށް

ބުޅާތަކެއް ހާއްސަކޮށްގެން ފަރުކޮޅުފުށީގައި ހަދަން ނިންމާފައިވާ ފެސިލީޓީގެ މަސައްކަތް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މިއަދު މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އާދަމް އާޒިމެވެ.

ބުޅާ ފެސިލިޓީ ހަދަން 5،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމަން ހަމަޖެހިފައިވާ އރު، ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކް އަދި ފިހާރައެއް ވެސް ހުންނާނެ އެވެ.