Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު ވަކިކޮށްފި

ބީއެމްއެލްގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ޔޫޝައު ސައީދު - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި އެވެ.

ބޭންކުގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކުރަން ޕީސީބީން ނޯޓިސް ފޮނުވީ އިއްޔެ އެވެ. މަގާމުން ވަކިކުރި ޑިރެކްޓަރުންނަކީ:

– ޔޫޝައު ސައީދު – ޗެއާމާން
– ޖުވޭރިޔާ ސައީދު
– މުހައްމަދު ޝަރާހު
– އަބްދުﷲ ހަސަން
– އައިޝަތު ސަޖުނީ

އެ ފަސް ބޭފުޅުންނަކީ ވެސް ކުރީ ސަރުކާރުގައި ބީއެމްއެލްގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.

މި ފަސް ބޭފުޅުން މަގާމުން ވަކިކުރުމުން މިހާރު ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ ވެސް ފަސް ބޭފުޅެކެވެ. އެ ބޭފުޅުންނަކީ:

– ކާލް ސްޓުމްކަ – ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ
– އައިޝަތު ނޫރައްދީން – ޑެޕިއުޓީ ސީއީއޯ
– އަބްދުﷲ ނަސީމް – އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
– އިބްރާހިމް މުހައްމަދު – އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު
– އަހުމަދު މުހައްމަދު – އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު