Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

އިންޑިއާގެ ޖައްވީ އިދާރާއަށް ބޮޑެތި ކާމިޔާބީތަކެއް

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން މިދިޔަ އަހަރު ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ޖައްވީ މަސްރަޙުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އެ ޖަމިއްޔާގެ މަޤާމު އިތުރަށް ވަރުގަދަކުރި އެވެ. މިދިޔަ އަހަރު އިސްރޯ އިން ޙާސިލްކުރި ބޮޑެތި ކާމިޔާބީތަކުގެ ތެރެއިން އެއް ކަމަކީ ޕީއެސްއެލްވީ-ސީ55 މިޝަން އެވެ.

ޕީއެސްއެލްވީ-ސީ55 މިޝަން: އޭޕްރީލް 22، 2023 ގައި ސިންގަޕޫރުގެ ދެ ސެޓެލައިޓް ކަމަށްވާ ޓެލިއޯސް-2 އަދި ލުމެލައިޓް-4 ކާމިޔާބުކަމާއެކު ލޯންޗްކޮށް، އިސްރޯގެ ޓެކްނޮލޮޖީގެ ހުނަރު ވަނީ ދައްކުވައިދީފަ އެވެ. 741 ކިލޯގްރާމްގެ ޕްރައިމަރީ ޕޭލޯޑް ހުރި ޓެލިއޯސް-2 އަކީ މި މިޝަންގެ މައިގަނޑު އަމާޒުކަމުގައިވުމުން، އާތު އޮބްޒަވޭޝަން، ކޮމިއުނިކޭޝަން، ނުވަތަ ސައިންޓިފިކް ރިސާޗްތަކުގައި އޭގެ ދައުރުގެ މުހިންމުކަން ހާމަވެ އެވެ. އަދި އެއާއެކު ފޮނުވާލެވުނު ކުޑަ ސެޓެލައިޓެއް ކަމުގައިވާ ލުމެލައިޓް-4 އަކީ ކޯ-ޕެސެންޖަރެއްގެ ގޮތުގައި މަސައްކަތްކުރި ސެޓެލައިޓެކެވެ.

ޖީއެސްއެލްވީ-އެފް12 އަދި އެންވީއެސް-01 ސެޓެލައިޓް: މެއި 29، 2023ގައި އިންޑިއާގެ ފުރަތަމަ ސެކަންޑް ޖެނެރޭޝަން ނެވިގޭޝަން ސެޓެލައިޓް، އެންވީއެސް-01 ލޯންޗް ކުރުމަށް އިސްރޯގެ ޖިއޯސިންކްރޮނަސް ސެޓެލައިޓް ލޯންޗް ވެހިކަލް (ޖީއެސްއެލްވީ-އެފް12) ބޭނުންކުރެވުގެން ދިޔައެވެ. ގާތްގަނޑަކަށް 2،232 ކިލޯގްރާމްގެ ބަރުދަނުގައި އަދި އާސާރީ އެޓޮމިކް ގަޑިއެއް ހިމެނޭ މި ސެޓެލައިޓް ޖިއޯސިންކްރޮނަސް ޓްރާންސްފާ އޯބިޓަށް އިންޖެކްޓްކޮށް، އިންޑިއާގެ ކޮންސްޓަލޭޝަން (އެންއޭވީއައިސީ) ގެ ނެވިގޭޝަން ހިދުމަތްތައް ވަނީ ފުޅާކޮށްފައިވެ އެވެ.

ޗަންދްރަޔާން-3 މިޝަން: 2023 ވަނަ އަހަރު އިސްރޯއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ހަނދުގެ ސައުތު ޕޯލްއަށް ޗަންދުރަޔާން-3 ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ސޮފްޓް ލޭންޑިން ކުރުމެވެ. މިއާއެކު އިންޑިއާވެގެން ދިޔައީ ހަނދުގެ ސައުތު ޕޯލްއަށް ސޮފްޓް ލޭންޑިންއެއް ހާސިލްކުރި ފުރަތަމަ ގައުމާއި ހަނދަށް ސޮފްޓް ލޭންޑިންއެއް ފުރިހަމަކުރި ދުނިޔޭގެ ހަތަރު ވަނަ ގައުމަށެވެ.

އެގޮތުން ޑިސެމްބަރު 20، 2023 ގައި ޝަރަފުވެރި ލައިފް އެރިކްސަން ލޫނާ ޕްރައިޒް ވަނީ އިސްރޯއިން ޗަންދުރަޔާން-3 މިޝަންއިން ހޯދި ކާމިޔާބީއަށް ލިބިފައެވެ. އައިސްލޭންޑްގެ ހުސަވިކްގައި ހުންނަ އެކްސްޕްލޯރޭޝަން މިއުޒިއަމުން ދެވިފައިވާ ޝަރަފަކީ، ޖައްވީ ތަހުލީލުތަކުގައި އިސްރޯއިން ހޯދާފައިވާ އިނޮވޭޓިވް ކާމިޔާބީތަކާއި ހާއްސަކޮށް ޗަންދުރަޔާން-3 ގައި ހަނދުގެ ސައުތު ޕޯލް ކައިރީގައި ޖައްވީ އުޅަނދެއް ފުރަތަމަ ފަހަރަށްސޮފްޓް ލޭންޑިން ކުރުމުން، އެކަން ފާހަގަކުރުމުގެ ގޮތުން ދެވިފައިވާ ޝަރަފެކެވެ.

އަދިތިޔާ-އެލް1 މިޝަން: އަދިތިޔާ-އެލް1 މިޝަން އަކީ އިންޑިއާއިން ޖައްވުގެ ސޯލާ އޮބްޒަވޭޝަންގެ ތެރެއަށް ވަނުމުގެ ފުރަތަމަ މިޝަންއެވެ. މީގައި ހިމެނެނީ އިރުގެ ތަފްސީލީ ދިރާސާގައި އިރުގެ ބޭރުގެ ފަށަލައާއި އެންމެ އެތެރެ ތަހުލީލުކުރާނެއެވެ. ސެޕްޓެމްބަރު 2، 2023 ގައި އިފްތިތާހުކުރި މި މިޝަނަކީ ޖައްވުގައި އިންޑިއާގެ ފުރަތަމަ ހާއްސަ ސޯލާ އޮބްޒަވޭޓަރީކަން ފާހަގަކޮށްލެވެއެވެ. މިއީ ޖައްވީ ތަހުލީލުކުރުމުގެ ގާބިލުކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ރަމްޒުކޮށްދޭ މިޝަންއެކެވެ. އަދިތިޔާ-އެލް1ގެ މައިގަނޑު މަގްސަދަކީ އިރުގެ އަޖައިބުތައް އެނަލައިޒްކޮށް، މޫސުމާ ބެހޭ ގޮތުން އިތުރަށް ދެނެގަތުމުގައި އެހީތެރިވުމެވެ. އޭގެ ތެރޭގައި ފްލޭއާސް އާއި ކޮރޯނަލް މާސް އިޖެކްޝަންސް ފަދަ ސޯލާ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ޖައްވަށާއި ޖައްވީ މާހައުލަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުން ހިމެނެ އެވެ.

މި މިޝަންގައި ތަފްސީލީ ފޮޓޯތައް ނެގުމާއި އިރުގެ ޖައްވު އެނަލައިޒް ކުރުމަށް ޒަމާނީ ވަސީލަތްތައް އެކުލެވިގެންވާ އިރުގެ މެގްނެޓިކް ފީލްޑާއި އެހެނިހެން ސޯލާ ހަރަކާތްތަކާ ބެހޭ ގޮތުން އާ މައުލޫމާތުތަކެއް އެއްކުރެވޭނެ އެވެ. މެދުކެނޑުމެއް ނެތި އިރު އޮބްޒާވް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިއީ ސްޓްރެޓެޖިކްގޮތުން އެލް1 ލެގްރޭންޖް ޕޮއިންޓްގައި ޤާއިމްކުރެވިފައިވާ މިޝަންއެކެވެ. އަދިތިޔާ-އެލް1 މެދުވެރިކޮށް ބައިނަލްއަޤްވާމީ ގޮތުން އިރުގެ އުތުރު ތަހުލީލުތައް ފުޅާކުރެވި، އިރުގެ ނިޒާމަށް އޮތް ނުފޫޒު ދެނެގަނެ، ޖައްވީ ސައިންސްގެ ރޮނގުން އިންޑިޔާގެ މަޤާމު ޤާއިމްވެ، ބައިނަލްއަޤްވާމީ ސައިންޓިފިކް މަސްރަޙަށް އެކަމުގެ ފައިދާކުރާނެ އެވެ.

ގަގަންޔާން އަދި ރީޔޫޒަބަލް ލޯންޗް ވެހިކަލް

އިންޑިޔާގެ އުއްމީދީ ޖައްވީ ޕްރޮގްރާމްކަމުގައިވާ ގަގަންޔާން މިޝަންއިން 21 އޮކްޓޯބަރ 2023 ގައި ފުރަތަމަ ފަހަރަށް އަންކްރޫޑް ފްލައިޓް ޓެސްޓް ކާމިޔާބުކަމާއެކު ނިންމައި، އެސްޓްރޮނޯޓުންނަށް ބޭނުންވާ ޖައްވީ އުޅަނދެއް ރައްކާތެރިކަމާއެކު އުދުއްސާލައި އަނބުރާ ގެނައުމުގެ ޤާބިލުކަން އިސްރޯއިން ދައްކުވައިދީފިއެވެ. މި މުހިންމު ކާމިޔާބީއަކީ އިންސާނުންގެ ޖައްވީ އުދުހުންތައް ކުރިއެރުވުމަށް އިންޑިއާއިން ކަނޑައަޅާފައިވާ އަމާޒާއި ދިމާއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ. އަދި މިއީ އެފަދަ ޤާބިލިއްޔަތުކަން ހޯދާފައިވާ ޤައުމުތަކާއި އެއްހަމަ ވެގެންދިޔުމެވެ.

މީގެ އިތުރުން، 2 އޭޕްރީލް 2023 ގައި އިސްރޯއިން ވަނީ އަލުން ބޭނުންކުރެވޭ ލޯންޗް ވެހިކަލް ޓެކްނޮލޮޖީއާއެކު ސަސްޓެއިނަބަލް ސްޕޭސް އެކްސްޕްލޮރޭޝަންއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. ޖައްވަށް ޕޭލޯޑްތައް ފޮނުވާލުމަށް އެތައް ފަހަރަކު ބޭނުންކުރެވޭނެ ގޮތަށް އުފެއްދި މި އުޅަނދު ރަމްޒުކޮށްދެނީ ޚަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި ޖައްވީ މިޝަންތަކާއި ދިމާލަށް މިސްރާބުޖަހާފައިވާ ކަމެވެ. މި ޓެކްނޮލޮޖީގެ ކާމިޔާބު ޑެމޮންސްޓްރޭޝަންގެ ސަބަބުން ދުނިޔޭގެ ޖައްވީ ތަހުލީލުކުރުމުގެ މައިދާނުގައި އިސްރޯގެ ދައުރު އިތުރަށް ފުޅާވެ، ޒަމާނީ، ދެމެހެއްޓެނިވި ޖައްވީ ޓެކްނޮލޮޖީއަށް އިސްރޯއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެ އެވެ