ޕީޕީއެމް – ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ 10:00 ގައެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން މައުލޫމާތުދެއެވެ.
މި ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ޖުމުލަ 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު 71،597 މީހަކަށް ލިބިފައިވެއެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު ޕުރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް. #PPMPNC#DhiveheengeRaajje @MMuizzu @ProgressPartyMV @Banafsaa pic.twitter.com/7PPNBFj9Ae
— Mohamed Nashid (@naadu_mv) January 27, 2024
ޕްރައިމަރީއަކާ ނުލާ ޕީއެންސީގެ ޓިކެޓު 13 ފަރާތަކަށް ލިބިފައިވެއެވެ. މީގެއިތުރުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، އެމްއެންޕީގެ ލީޑަރު ކާނަލް ރަޓަޔަރޑް މުހައްމަދު ނާޒިމް އަދި އެމްއެންޕީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީން ވާދަނުކުރަން ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.