Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ވަކިކުރި ޑިރެކްޓަރުންތަކެއް އަލުން އައްޔަނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ވަކިކުރި ބައެއް ޑިރެކްޓަރުން އަލުން ބޯޑަށް އައްޔަނު ކޮށްފިއެވެ.

މިދިޔަ ބްރާސްފަތި ދުވަހު ބޭންކުގެ ފަސް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފައިވާއިރު އޭގެތެރެއިން ދެ ބޭފުޅަކު އަލުން އައްޔަނު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޗެއާމާން ޔޫޝައު ސައީދު، ޖުވޭރިޔާ ސައީދު، މުހައްމަދު ޝަރާހު، އަބްދުﷲ ހަސަން އަދި އައިޝަތު ސަޖުނީއެވެ.

މީގެތެރެއިން ދެ ބޭފުޅަކު އަލުން އައްޔަނު ކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު، ފަސް ބޭފުޅުން އެއްފަހަރާ ވަކިކުރުމުން ބޯޑުގެ ގާނޫނީ އަދަދު އޮތީ ގެއްލިފައެވެ.