Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހަނިމާދޫން ބަޔަކު ހައްޔަރަށް

ހދ. ހަނިމާދޫ- ފޮޓޯ: ހަސަން ސާޖިން / ޒުވާންމަސްވެރިޔާ.ކޮމް

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދޫއިން ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހދ. ހަނިމަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޖަނަވަރީ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު ފަސް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.