Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކަނޑު ގަދަވާނެތީ އެލާޓް ނެރެފި

ވައިގަދަވެ ކަނޑު ގަދަވާނެތީ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:30 އިން ރޭގަނޑު 08:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އިއްޔަ އާއި ރޭ ވެސް އެލާޓްތައް ނެރެފައިވެއެވެ.