Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ބޫމީ ވެސް ވެބް ސީރީޒެއް ކުޅެނީ

ބޮލީވުޑްގެ ބަތަލާ ބޫމީ ޕިޑްނޭކަރް ވެސް ވެބް ސީރީޒަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ކުރިން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ޕްރިޓިޝް ނަންޑީގެ ކުންފުނިން ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ރޯޔަލްސް" ކަމަށެވެ. މީގެ ކާސްޓްގައި އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު ވެސް ހިމެނެ އެވެ. އޭނަ އަކީ ކުރިން ވެސް ވެބް ކޮންޓެންޓްތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ރޯޔަލްސް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ރަސްމީކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ.

ޕްރިޓިޝަން ނަންޑީ ކޮމިއުނިކޭޝަންސް އިން ކުރިން ވެސް މަގުބޫލު ސީރީޒެއް ހަދާފައިވެ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޯ މޯ ޝޯޓްސް ޕްލީޒް!" އެވެ. އެތަނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާގެ 2015 ގެ "ހަވާއިޒާދާ" އެވެ. މީގެ އިތުރުން "ޕިޔާރު ކޭ ސައިޑް އިފެކްޓްސް" އާއި "ޝާދީ ކޭ ސައިޑް އިފެކްޓްސް"، "ކާންޓޭ" އަދި "ޗަމޭލީ" ފަދަ ފިލްމުތައް ގެނެސްދީފައިވެ އެވެ.

ބޫމީ އަލަށް ވެބް ސީރީޒަކަށް ތައްޔާރުވާ އިރު، އޭނަގެ ކުރިއަށް އޮފް ފިލްމަކީ އަންނަ މަހުގެ 9 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ބަކްޝަކް" އެވެ. ބޫމީ އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރުގައި ރިލީޒްކުރި "ދަ ލޭޑީ ކިލާ" އިންނެވެ.