ފުވައްމުލައްސިޓީގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި މޫދަށްއެރިއުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 07:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. ނިޔާވެފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ ނަޒީލް އިބްރާހިމް، 23، އެވެ.
ފުލުހުން ބުނެފައި ވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.