Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޖަވާން" މިރޭ ޒީ ސިނެމާ އަށް

ޝާހްރުކް ޚާންގެ މިދިޔަ އަހަރުގެ ފިލްމު "ޖަވާން" މިރޭ ޒީ ސިނެމާ އިން ޕްރީމިއަ ކުރަން ނިންމައިފި އެވެ.

އެ ޗެނެލުން ފިލްމު ދައްކަން ފަށާނީ މިރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ރިލީޒްކުރި "ޖަވާން" ޓީވީ ޗެނެލަކުން ގެނެސްދޭ ފުރަތަމަ ފަހަރެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މި ފިލްމު ނެޓްފްލިކްސް ވަނީ ދޫކޮށްފަ އެވެ.

އާމްދަނީގެ ގޮތުގައި 140 މިލިއަން ޑޮލަރު ލިބުނު "ޖަވާން" އަކީ ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުން ގެނެސްދިން އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ އެޓްލީ އެވެ. ފިލްމު ހެދީ 38 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"ޖަވާން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކްގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި އެކްޝަން ތުރިލާ "ޕަތާން" އެވެ. އެ ދެ ފިލްމުގެ އިތުރުން މިދިޔަ މިދިޔަ މަހު ޝާހްރުކްގެ "ޑަންކީ" ވެސް ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.