ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވަައިފި އެވެ
އޭނަ ވާދަކުރައްވަން ހަމަޖެހިފައި ވަނީ މަކުނުދޫ ދާއިރާއަށް ކަމަށް އަދާލަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މިއީ މަޖިލިސް އިންތިހާބުގައި އިމްރާމް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ވެސް އަދާލަތުން މަކުނޫ ދާއިރާ ތަމްސީލުކޮށްފައިވެ އެވެ. އެގޮތުން 18 ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ މިދިޔަ އަހަރު ޕީއެންސީއާ ގުޅިވަޑައިގަތް އަނާރާ ނައީމެވެ.
އަދާލަތު ޕާޓީން ބުނީ މަކުނޫ ދާއިރާގެ ޓިކެޓް އިމްރާނަށް ދޭން ނިންމި އިރު، އިތުރު އެހެން ތިން ބޭފުޅަކަށް ވެސް ޓިކެޓް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ވައިކަރަދޫ ދާއިރާ އަށް ހުސައިން ސަގީފާއި ފުނަދޫ ދާއިރާ އަށް އިސްމާއީލް ހަމީދުގެ އިތުރުން އިނގުރައިދޫ ދާއިރާގެ ޓިކެޓް އިސްމާއީލް އަލީއަށެވެ.
މަޖިލިސް އިންތިހާބު އޮންނާނީ މާޗް 17 ގަ އެވެ.