Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

"ގައުމިއްޔަތު" މާއްދާ 11 ސްކޫލެއްގައި ފަށައިފި

މުޅިން އަލަށް ޤައުމީ މަންހަޖުގައި ހިމަނަން ނިންމި "ގައުމިއްޔަތު" މާއްދާ 11 ސްކޫލެއްގައި ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

ފުރަތަމަ ޕައިލެޓްކުރުމުގެ ގޮތުން އެ ކިޔަވައިދޭން ފެށީ ގްރޭޑް 4 އަށެވެ.

"ގައުމިއްޔަތު" މާއްދާ ފުރަތަމަ ކިޔަވައި ދޭން ފެށި ސްކޫލްތަކަކީ އައްޑޫ ހިތަދޫ ސްކޫލް، ބ. އަތޮޅު ތަޢުލީމީ މަރުކަޒު، ބ. އޭދަފުށި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ޅ. ހިންނަވަރު، މަގޫދޫ ސްކޫލް، ފ. މަގޫދޫ، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް،
ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލް، މާލޭ ކަލާފާނު ސްކޫލް،- ތާޖުއްދީން ސްކޫލް، ވިލިމާލޭ މުޙްޔިއްދީން ސްކޫލް،
ހުޅުމާލޭގެ ޞަލާޙުއްދީން ސްކޫލް އަދި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ގައުމިއްޔަތު" މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެލޯބިވާ ގައުމާ މެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދެމެވެ.