ކަލާސް ޓީވީގެ މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ވަނަ 17 ސީޒަން މުނައްވަރު ފާރޫގީ ކާމިޔާބުކޮށްފި އެވެ.
ރޭގެ ފިނާލޭގައި އޭނަ ޝޯގެ ޓްރޮފީ އުފުލައިލި އިރު، މުނައްވަރަކީ ކުރިން ވެސް ރިއަލިޓީ ޝޯއެއް ކާމިޔާބުކޮށްފައިވާ ސްޓޭންޑް-އަޕް ކޮމީޑިއަނެކެވެ. އޭނަ ކުރިން ކާމިޔާބުކުރި ޝޯ އަކީ ވެބް ޝޯއެއްގެ ގޮތުގައި ގެނެސްދިން 2022 ގެ "ލޮކް އަޕް" ގެ ފުރަތަމަ ސީޒަނެވެ. އެ ޝޯ އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އޭނަގެ ސްޓްރީމިން ޕްލެޓްފޯމް، އޯލްޓް ބާލާޖީ އަށް ބަތަލާ ކަންގަނާ ރަނާވަތު ހޯސްޓްކުރި ޝޯއެކެވެ.
އުމުރުން 32 އަހަރުގެ މުނައްވަރަކީ ޅެންވެރިއެއް ވެސް މެ އެވެ.
އޭނައާ އެކީ "ބޮގް ބޮސް 17" ގެ ގަދަ 5 އަށް ވާދަކުރީ މަޝްހޫރު ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ އާއި ޓީވީ އެކްޓަރު އަބީޝެކް ކުމާރާއި ޕްރިޔަންކާ އާއި ޕަރިނީތީ ޗޯޕްޅާގެ އާއިލާ އަށް ނިސްބަތްވާ ބަތަލާ މަނާރާ ޗޯޕްޅާގެ އިތުރުން ސޯޝަލް މީޑިއާ އިން އާންމުންގެ ސަމާލުކަން ހޯދީ އަރޫން ސްރީކާންތެވެ.
"ބިގް ބޮސް 17" ރޭ ނިންމައިލި އިރު، ޖުމްލަ 18 ބައިވެރިންނާ އެކީ މި ޝޯ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގަ އެވެ.
މި ޝޯގެ ހޯސްޓަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާނެވެ.