Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވާ ގަޑި ފަސްކޮށްފި

މިއަދު ހެނދުނު 11:00 ގައި ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑި ފަސްކޮށްފި އެވެ.

މިނިސްޓަރުންނަށް ރުހުން ދޭން ތާވަލުކުރި ޖަލްސާ މިހާރު ބާއްވަން ނިންމާފައި ވަނީ މެންދުރު ފަހު 1:00 ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނަށް ރުދުން ދިނުމުގެ މައްސަލަ ތާވަލުކޮށް އިއްޔެ ދައުރުން ބޭރުން ތިން ދަންފަޅިއެއްގައި ޖަލްސާތަކެއް ބޭއްވި އެވެ. އެކަމަކު އެ ދަންފަޅިތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ސަރުކާރާއި އިދިކޮޅު މެންބަރުންތަކެއްގެ މެދުގައި މާރާމާރީ ހިންގައި މެމްބަރުންތަކަކަށް އަނިޔާ ވެސް ވެފައިވެ އެވެ.

ރުހުން ނުދޭން އިދިކޮޅު ނިންމާފައި ވަނީ ހަތަރު މިނިސްޓަރަކަށެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމަށެވެ.

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން ރޭ ވިދާޅުވެފައި ވަނީ މިހާރު ގިނަ މެންބަރުންގެ ވިސްނުން ގިނަ މިނިސްޓަރުންތަކަކަށް ރުހުން ނުދޭން ކަމަށެވެ.