ވައިކުޑައިގައި ތައިލޭންޑްގެ 29 ބުރީ އިމާރާތަކުން ފުންމާލި މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ތައިލޭންޑް ޕަޓާޔާގެ އިމާރާތުން ފުންމައިލި އިނގިރޭސިވިލާތަށް ނިސްބަތްވާ 33 އަހަރުގެ ނޭތީ އޮޑިންސަން މަރުވީ އޭނަ އެޅި ވައިކުޑަ ފުންމައިލި އިރު، ނުހުޅުވި ވެއްޓިގެންނެވެ. އެގޮތުން އިމާރާތުގެ މަތިން އޭނަ ފުންމައިލުމާ އެކީ އެންމެ ފުރަތަމަ ގޮސް ވެއްޓުނީ ގަހެއްގެ މައްޗަށެވެ. އޭގެ ފަހުން ބިންމައްޗަށް ލިުބުނު ބޮޑެތީ ޒަހްމަތަލާ އެކީ އޮޑިންސަން މަރުވީ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އޭނަ އަކީ ސްކައިޑައިވިންގެ ތަޖުރިބާހުރި މީހެކެވެ. އެކަމަކު މަރާ ކުރިމަތިވީ ވައިކުޑަ ފެއިލްވުމުންނެވެ. މި ހާދިސާ ހިނގި އިރު، އޭނަގެ މަންޒަރުތައް ވީޑިއޯކުރަން އެކުވެރިންތަކެއް ވެސް އިމާރާތުގެ މައްޗަށް އަރާފައި ތިއްބެވެ. އަދި އޮޑިންސަން ވެއްޓުމާ ގުޅިގެން ވަގުތުން ފުލުހުންނާއި ޕެރަމެޑިކްސް އަށް ވެސް ރިޕޯޓްކުރި އެވެ.
ހާދިސާ ހިނގި ތަނަށް އެ މީހުން ދިޔައިރު ވެސް އޮޑިންސަން އޮތީ މަރުވެފައި ކަމަށް ބުނެފައިވެ އެވެ.