ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހޮލީވުޑްގެ އެނިމޭޓެޑް ފްރެންޗައިޒް "ޑިސްޕިކަބަލް މީ" ގެ ހަތަރު ވަނަ ބައި ޖުލައިގައި ގެނެސްދޭން ނިންމައި، ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖުލައި 3 ގަ އެވެ. "ޑިސްޕިކަބަލް 4" ޑައިރެކްޓްކުރީ 2010 ގައި ގެނެސްދިން ފުރަތަމަ ބަޔާއި 2013 ގައި ގެނެސްދިން ދެވަނަ ބައި ވެސް ޑައިރެކްޓްކުރި ކްރިސް ރެނޯޑެވެ.
މީގެ ތިން ވަނަ ބައި 2017 ގައި ގެނެސްދިނީ ޕިއާ ކޮފިން ޑައިރެކްޓްކޮށެވެ.
ކުރީގެ ތިން ބަޔާ އެއްގޮތަށް ހަަތަރު ވަނަ ބައިގެ ކެރެކްޓާތަކަށް ވެސް މަޝްހޫރު ގިނަ ތަރިންތަކެއް އަޑު އަޅާފައިވެ އެވެ.
ޔުނިވާސަލް ޕިކްޗާސް އިން "ޑިސްޕިކަބަލް މީ" ގެ ދަށުން އިތުރު ދެ ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ. އެއީ 2015 ގެ "މިނިއަންސް" އާއި 2022 ގެ "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ" އެވެ.