Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ޖަލްސާއަށް ހުރަސް އަޅާނަމަ ގައްސާނާއި އިހުސާނަށް ރުހުން ނުދޭން ނިންމައިފި

ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާއަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ހުރަސްއަޅާނަމަ އިތުރު ވަޒީރުންތަކަކަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްގެންދިޔަ އެޕީާޓީގެ ޕީޖީ ބައްދަލުވުމުގައެވެ.

އެމްޑީޕީން އިއްޔެ ނިންމާފައިވަނީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެހެންނަނަމަވެސް މަޖިލީހުގެ ޖަލްސާ އިއްޔެ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ.

މިއަދު އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ ޖަލްސާއަށް ސަރުކާރު މެންބަރުން ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އިއްޔަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މަޖިލީޙުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި މެންބަރުންނަށް އެކިވަރުގެ އަނިޔާވެ މަޖިލީހުގެ ތަކެއްޗަށްވެސް ގެއްލުންވެފައިވެއެވެ.