Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ރުހުން ދިނުމުގެ މައްސަލަ: ޖަލްސާ ފަށައިފި

ވަޒީރުންނަށް ރުހުން ދިނުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފަށައިފިއެވެ.

މަޖިލީހުގެ ޖަލްސާ ފެށިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން އެކި އެއްޗެހި ބޭނުންކޮށްގެން މަޖިލީހުގައި ދިޔައީ އަޑުގަދަކުރަމުންނެވެ.

އެހެންނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީޙުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ކުރިއަށް ގެންދަވާފައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ރަނގަބީލިވެސް ޖަހާފައިވެއެވެ.

އެހެންނަމަވެސް އޭގެފަހުން، ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާކަމަށްބުނެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އިއްޔަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މަޖިލީޙުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި މެންބަރުންނަށް އެކިވަރުގެ އަނިޔާވެ މަޖިލީހުގެ ތަކެއްޗަށްވެސް ގެއްލުންވެފައިވެއެވެ.