Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އޭޖީ އުޝާމަށް ރުހުން ނުދިން

ފޮޓޯ: ރައީސް އޮފީސް

އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 24 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 44 މެންބަރުންނެވެ.

އޭޖީ އުޝާމްގެ އިތުރުން މަޖިލީހުން ރުހުން ދީފައިނުވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދުއަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 ވަޒީރަކަށް ރުހުން ދީފައެވެ.