Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ޑރ. ޝަހީމަށް ރުހުން ނުދިން

ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވެ.

ޑރ. ޝަހީމްގެ އިތުރުން މަޖިލީހުން ރުހުން ދީފައި ނުވަނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދަށެވެ.

މީގެއިތުރުން މަޖިލީހުން ވަނީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 ވަޒީރަކަށް ރުހުން ދީފައެވެ.