Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދިން

ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިނިސްޓަރު ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 24 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ.

މިނިސްޓަރު ހައިދަރުގެ އިތުރުން މަޖިލީހުން ރުހުން ދީފައި ނުވަނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ 19 ވަޒީރަކަށް މަޖިލީހުން ރުހުން ދީފައިވެއެވެ.