Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ތިން މިނިސްޓަރަކަށް ރުހުން ނުދިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 3 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފިއެވެ.

މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އެވެ.

ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވެ.

އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 24 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 44 މެންބަރުންނެވެ.

މިނިސްޓަރު ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 24 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ.

މި 3 މިނިސްޓަރުންނަށް ރުހުން ނުދިންއިރު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 މިނިސްޓަރަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.