Last Updated: May 1, 18:05
Wednesday, May 1, 2024
ޚަބަރު

ޗައިނާ އިން ޓީޓީ ސާމާނުތަކެއް ހަދިޔާކޮށްފި

ޗައިނާ އިން ރާއްޖެ އަށް ޓީޓީ ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

އެ ގައުމުން ހަދިޔާ ކުރި ކުޅިވަރު ސާމާނާ އިއްޔެ ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒެވެ. ޗައިނާގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮން ލީ ޝިން އެވެ.

ޗައިނާ އިން ހަދިޔާކުރި ސާމާނުތަކުގެ ތެރޭގައި ހިމެނެނީ 10 ޓީޓީ މޭޒާއި 600 ރެކެޓާއި 3،000 ބޯޅައިގެ އިތުރުން ސްކޯ ބޯޑުތަކާއި ޓައިމްއައުޓް ސައިންތަކެވެ.

ތަކެތި ހަވާލުކުރުމުގެ ބައްދަލުވުމުގައި ސަފީރު ވިދާޅުވި ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާ އެކީ ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެންދަން ޗައިނާ ސަރުކާރުގެ އެހީތެރިކަން ލިބެމުން ދާނެ ކަމަށެވެ.