Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

މުޅި "މަންކީ މޭން" ގައި ދޭވް

އިންޑިއާ ދަރިކޮޅުގެ އިނގިރޭސި އެކްޓަރު ދޭވް ޕަޓޭލް ލިޔެ، ޕްރޮޑިއުސްކޮށް، ކުޅެ އަދި ޑައިރެކްޓްކުރި ފިލްމު "މަންކީ މޭން" މި އަހަރުގެ އެޕްރީލްގައި ގެނެސްދޭން ނިންމައިފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ މި އެކްޝަން ތުރިލާ ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އެޕްރީލް 5 ގަ އެވެ. ދެހާސް އަށެއްގެ މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާ" އިން ވިދި އެކްޓަރުގެ "މަންކީ މޭން" އަކީ ދޭވްގެ އަލަތު ޑައިރެކްޝަނެވެ.

މި ފިލްމުގެ ރަސްމީ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، މީގެ ކާސްޓްގައި އިންޑިއާގެ ނުފޫޒު ގަދަ އެވެ. އޭގެ ތެރޭގައި ޝޮބީތާ ދުލިޕާލާ، ސިކަންދަރު ކޭރް، ވިޕިން ޝަރުމާ، އަޝްވިނީ ކަލްސޭކަރް، މަކްރަންދި ދޭޝްޕާންޑޭ އަދި ޕިތޯބަޝް ހިމެނެ އެވެ.

"މަންކީ މޭން" ގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯ ޔުނިވާސަލް ޕިކްޗާސްއިންނެވެ.

ދޭވް، 33، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް އެއާބެންޑާ"، "ދަ ސެކަންޑް ބެސްޓް އެގްޒޯޓިކް މޭރީގޯލްޑް ހޮޓެލް"، "ލަޔަން"، "ހޮޓެލް މުމްބާއީ"، "ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް" އަދި "އައި ލޮސްޓް މައި ބޮޑީ" ހިމެނެ އެވެ.