Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ރަޝިއާގެ ބޭންޑެއް ތައިލޭންޑުން ޑިޕޯޓްކުރަނީ

ހުއްދަ ނެގުމަކާ ނުލައި ތައިލޭންޑްގައި ޝޯތަކެއް ދިން ކަމަށް ބުނާ މައްސަލައެއްގައި ރަޝިއާގެ ބޭންޑެއްގެ މެންބަރުން ހިފަހައްޓައި، އެ މީހުން އެ ގައުމުން ޑިޕޯޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރަސްމީކޮށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި ޝޯތަކެއް ދެމުން ދަނިކޮށް ޕުކެޓްގެ ޝޯއެެއްގެ ތެރޭގައި ހައްޔަރުކުރީ ރަޝިއާ/ބެލަރޫސް އަށް ނިސްބަތްވާ މަޝްހޫރު ރޮކް ބޭންޑް "ބައި-2" ގެ ހަ މެންބަރުންނެވެ.

ތައިލޭންޑުން ދިމާވި މައްސަލައާ ގުޅިގެން ބޭންޑްގެ ފޭސްބުކްގައި ވެސް އެ ވާހަކަ ހިއްސާކޮށް ބުނެފައި ވަނީ ބޭންޑްގެ މެންބަރުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 26 ގައި ކަމަށެވެ. އަދި ހުއްދަ ނެތި ޝޯ ދިން މައްސަލާގައި ޖޫރިމަނާކޮށް، ޑިޕޯޓްކުރާނެކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ވަރަށް ދެކޮޅު ބޭންޑް ޑިޕޯޓްކުރަން އުޅޭތީ ހިއުމަން ރައިޓްސް ވޮޗުން އެކަން އެގޮތަށް ނުުކުރަމަށް ތައިލޭންޑްގެ ސަރުކާރަށް ގޮވާލާފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ރަޝިއާގެ ބައެއް އަދި ނެތެވެ.

ބޭންޑްގެ އެފްބީ ޕޯސްޓާ ގުޅިގެން ކޮމެންޓްކުރި ބައެއް ފޭނުން ބުނެފައި ވަނީ ތައިލޭންޑުން ބޭންޑް ޑިޕޯޓްކުރަން އުޅެނީ ރަޝިއާ އެދިގެން ކަމަށާއި މިއީ އެ ގައުމުގެ ސަރުކާރާ ދެކޮޅު ވިސްނުންތަކެއް ގެންގުޅޭތީ ދޭން އުޅޭ އަދަބެއް ކަމަށެވެ. "ބައި-2" ގެ ބައެއް މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެންބަރުންނަކީ އޮސްޓްްރޭލި އާއި އާއި އިޒްރޭލުގެ ރަށްވެހިކަން ވެސް އޮންނަ މީހުންނެވެ. އެހެންވެ ޑިޕޯޓްކުރާނީ އެ ގައުމުތަކަށް ކަމަށްވެ އެވެ.

މިހާތަނަށް 10 ސްޓޫޑިއޯ އަލްބަ،ް ނެރެފައިވާ "ބައި-2" އަކީ 1998 ގައި އުފަންވި ބޭންޑެކެވެ.