Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ރައީސްގެ ކްރިމިނަލް އެޑްވައިޒަރަކަށް މުހްތާޒް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަން ކުރީ މިއަދެވެ. މުހުތާޒް ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒް އައްޔަންކުރި އިރު، މާޗް މަހު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން އޭނަ ނިންމެވި އެވެ. އެކަމަކު ދާއިރާ އަށް ދަނގެތީ ދާއިރާއަށް ޕްރައިމަރީގައި ވާދަކޮށްގެން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.

ރައީސް އޮފީހުގައި މިހާރު ޖުމްލަ ހަތަރު އެޑްވައިޒަރުން އެބަތިއްބެވެ. އެއީ މުހުތާޒްގެ އިތުރުން ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.