މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާލެސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލެސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާއެއް އޮތްނަމަ އެކަން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތައް، ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް އަދި ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް ހުށަހެޅުމަށްވަނި ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 29 ޖަނަވަރީން ފެށިގެން 05 ފެބުރުވަރީގެ ނިޔަލަށެވެ.
މާލެސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަދި އާއްމުހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުންވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.