ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޤާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޝަމީމަށް ހަމަލާދިނުން ކުށްވެރިކޮށްފައެވެ.
އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުޤީޤްކޮށް ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ޤާނޫނުގައިވާ އަދަބު ދިނުމަކީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަަޅަކަށް ވާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް މަގުމަތީން ހަމަލާދިން ޚަބަރު އަޅުގަނޑު އެހީ ނުހަނު ކަންބޮޑުވުމާ އަދި ހިތާމަ އާއި އެކުގައެވެ.
މިޖަރީމާ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދިމި މައްސަލަ ވީހާވެސް އަވަހަކަށް ތަޙްޤީޤްކޮށް ޒިންމާވާފަރާތް ( ފަރާތްތަކަށް ) ޤާނޫނުގެ…— Qasim Ibrahim (@qasimibrahim) January 31, 2024
ފުލުހުން ބުނެފައިވަނީ ޕީޖީ ހުސައިން ޝަމީމަށް މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މއިަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އޭޑީކޭ ގައި ޕީޖީ ޝަމީމްއަށް ފަރުވާދެމުންދާ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ޝަމީމަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.