Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ބޮލަށް ޗިޕެއް މި ޖެހުނީ އަދި ކިރިޔާ!

އިންސާނެއްގެ ބޮލަށް ނުވަތަ ސިކުނޑިއެއް އާޓިފިޝަލް ޗިޕެއް ޖެހޭތޯ މަހުޖަނު، އީލޮން މަސްކްގެ ނިއުރަލިންކުން މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. އާ ޚަބަރަކީ އެކަން މިހާރު ކާމިޔާބުކޮށްފިކަމެވެ. މި ވާހަކަ އޭނަގެ "އެކްސް" ގައި ހިއްސާކޮށް އީލޮން ބުނީ ކާމިޔާބުކަމާ އެކީ މީހެއްގެ ބޮލަށް މިހާރު ޗިޕެއް ޖަހާފައިވާ ކަމަށާއި އެ މީހާގެ ހާލަތު ވެސް ރަނގަޅު ކަމަށެވެ.

އީލޮން ފާހަގަކޮށްފައިވާ ގޮތުގައި ޗިިޕްގެ މަސައްކަތް ފެންނަނީ ވަރަށް އުންމީދީކޮށެވެ. އެގޮތުން "ނިއުރޮން" ޑިޓެކްޝަން ބަރާބަރު ކަމަށް ބުނެފައިވެ އެވެ.

އިންސާނާގެ ސިކުނޑީގައި އުފެދޭ ވިސްނުންތަކާއި ހިޔާލުތަކާ އެކީ މުއާމަލާތް ކުރެވޭ ގޮތަށް އިންގިލާބީ ބަދަލެއް ގެންނަން ކުރާ މަސައްކަތުން ބޮލަށް ޖެހި، ފުރަތަމަ ޗިޕްގެ ނަމަކީ "ތެލަޕަތީ" ކަމަށް ވެސް އީލޮން ބުންޏެވެ. މާނަ އަކީ އެއްވެސް އިތުރު ހިއްސެއް ބޭނުން ކުރުމަކާ ނުލައި ސީދާ ސިކުނޑީގައި އުފެދޭ ހިޔާލުތަކުން މުއާމަލާތް ކުރުމެވެ.

މިކަން އިތުރަށް ތިލަކޮށް ދެމުން ދުނިޔޭހެ އެންމެ ބޮޑު މަހުޖަނު ވިދާޅުވީ "ތެލަޕަތީ" ގެ ސަބަބުން ހިޔާލުގެ ޒަރީރާ އިން ފޯނާއި ކޮމްޕިއުޓަރު ފަދަ ޑިވައިސްތަކާ ވަރަށް ފަސޭހަކޮށް ކޮންޓްރޯލްކުރެވޭނެ ކަމަށެވެ. މިކަމަށް މީހާގެ ގުނަވަނެއް، ހާއްސަކޮށް އަތުގެ އެއްވެސް ހަރަކާތެއް ބޭނުމެއް ނުވާނެ އެވެ.

ނަމަވެސް "ޓެލަޕަތީ" މި ވަގުތަށް އަދި ހާއްސައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. މީހެ މެޑިކަލް ޓެސްޓަށް ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އެފްޑީއޭ) އިން ހުއްދަ ދިނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ނިއުރަލިންކަކީ 2016 ގައި އުފަންވި ކުންފުންޏެކެވެ.