Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޕީޖީއަށް ހަމަލާދީން މައްސަލަ 241 ކޮމިޓީއަށް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށް، މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުން އެދޭކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މިއަދު ހެނދުނު މަގުމަތިންނެވެ. ޝަމީމަށް އޭޑިކޭގައި ފަރުވާދެމުންދާއިރު ފުލުހުން ބުނެފައިވަނީ ޝަމީމަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.