Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޕީއެންސީގެ ކެންޑިޑޭޓުންނާ ރައީސް ބައްދަލުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވީ ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް މަޖިލިސް އިންތިހާބަށް ޓިކެޓް ހޯދި ކެންޑިޑޭޓުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަވުލުން އޮތީ ރޭގަ އެވެ. ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޓިކެޓް ކަށަވަރުކުރި ޕީއެންސީގެ ކެންޑިޑޭޓުން ބައިބެރިވި އެވެ. އެ މީހުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 75 މީހަކު ޓިކެޓް ކަށަވަރުކޮށްފައިވެ އެވެ. އަދި 15 މީހަކު ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުކޮށްފައިވެ އެވެ. ޕްރައިމަރީގައި 73 ދާއިރާއަކުން 283 ކެނޑިޑޭޓެއް ކުރިމަތިލި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އިންތިހާބުގައި މަދުވެގެން 62 ގޮނޑި ހޯދާނެ ކަމަށާއި އަމާޒަކީ މެޖޯރިޓީ ނެގުން ކަމަށެވެ.