Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ އުތުރުން މަސްވެރިކަން ކުރަން އުޅުނު ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިކަން ބަލަމުންގެންދާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލްމީޑިއާގައި ބުނެފައިވަނީ، އިންޑިއާގެ މަނަވަރަމުން ސިފައިން އަރާފައިވަނީ އ.ދ މަހިބަދޫ "އަސުރުމާ 3" ދޯންޏަށް ކަމަށެވެ.