Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗު މަހު

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މާޗު މަހު ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. މިގޮތުން، އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، އަންނަ މަހުގެ 21 ގައި އުރީދޫގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.

މި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތު ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.