މި މަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މި މަހަށް ރާވާފައި ހުރި ކަންކަމުގެ ލިސްޓް މިހާރު އާންމުކޮށްފައިވާ އިރު، އޭގައިވާ ގޮތުން ކައުންސިލާ މިނިސްޓްރީގެ އިސްވެރިން ބައްދަލު ކުރުމުގެ އިތުރަށް، މިނިސްޓްރީގެ ފަރާތުން އައްޑޫގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާނެ އެވެ.
ނަމަވެސް ކައުންސިލާ ބައްދަލު ކުރާނީ މި މަހުގެ ކިހާ ތާކު ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީން އައްޑޫގައި ކުރިއަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގައި މަސަައްކަތް ފެށި ތިން މިސްކިތެއްގެ މަސައްކަތް ހިމެނެ އެވެ. އެއީ މަރަދު އާއި މީދޫގައި ހަދަމުން އަންނަ މިސްކިތާއި ހިތަދޫގައި ބިންގާ އަޅާފައިވާ އިސްލާމީ މަރުކަޒެވެ.