މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބަހައްޓަން ފެށި ފުރަތަމަ ޕްރޮމްގާމްގެ ފުރަމަ ބެޗްގައި ތެރެއިން އަށް މީހަކު ޑައިވިން ކޯސް ފުރިހަމަކޮށްފި އެވެ.
ފުރަތަމަ ބެޗް ބޭއްވީ ގދ. މަޑަވެލީގަ އެވެ.
އެ ބެޗްގައި ބައިވެރިވެ، ޑައިވިން ކޯސް ފުރިހަމަކުރި އަށް ބައިވެރިންނަކީ ޓީއެސް ލައިން ދޯނީގެ ފާރިޝް މުހައްމަދާއި އަލިމަސް ދޯނިން އަޝްރަގު ފަހީމާއި ކަނޑުވާލި ދޯނިން ފަރީން މުހައްމަދާއި ކަމަނަ ދޯނިން އަހުމަދު އަބްދުﷲ އާއި ހަމަތި ދޯނިން އަހުމަދު އާދަމާއި މުރިނގު ދޯނިން މަރްޒޫގު އަބްދުﷲ އާއި ސީ ވޯލްޑް ދޯނިން އަބްދުﷲ ހަސަންގެ އިތުރުން ރަސްއަލި ދޯނިން މުހައްމަދު އަބްދުﷲ އެވެ.
ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ދަސްކޮށްދެ އެވެ. ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ. ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަ ކޯސް ހަދާފައި ތިބި ތަޖުރިބާކާރު ޑައިވަރުންނެވެ.
މަސްވެރި ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް އެ މަނިކުފާނުގެ ހަފުތާ-14 ނުވަތަ ފުރަތަމަ 100 ދުވަހު ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުން ހިމަނާފައިވެ އެވެ.