އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
ވަރަށް ގްރޭންޑްކޮށް، ހިތްގައިމު ސެޓްތަކެއްގައި ޝޫޓްކޮށް ގެނެސްދޭ މި ސީރީޒަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ލިބުމުގެ ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންނަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. "ހީރާމަންޑީ" ގެ މައިގަނޑު ކާސްޓްގައި ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދްރީ، ސަންޖީދާ ޝެއިހް އަދި ޝަރުމިން ސޭގަލް ހިމެނެ އެވެ.
މި ތަރިންނާ އެކީ 8 އެޕިސޯޑްގެ ސީރީޒުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.
"ހީރާމަންޑީ" ގެ ޓީޒާ ދައްކައިލި ނަމަވެސް މި ޕްރީމިއާކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ.
ބަންސާލީ މިހާރު އޮތީ އަންނަ އަހަރުގެ ޑިސެމްބަރުގައި "ލަވް އެންޑް ވޯ" ކިޔާ ފިލްމެއް ގެނެސްދޭން އިއުލާންކޮށްފަ އެވެ. އޭގެ ތަރިންނަކީ ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލެވެ. ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.