Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ތިން ބަތަލާއިންގެ "ދަ ކްރޫ" މާޗް 29 އަށް

ކަރީނާ ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ތައްބޫ މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމު "ދަ ކްރޫ" އަންނަ މަހުގެ 29 ގައި ގެނެސްދޭން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

މި ފިލްމު ކުރިން ރިލީޒްކުރާ ގޮތަށް ޕްލޭންކޮށްފައި އޮތީ އަންނަ މަހުގެ 22 ގަ އެވެ. ނަމަވެސް އޭގެ ހަފުތާއެއް ފަހަށް ފިލްމު ފަސްކޮށް ގެނެސްދޭން ނިންމި އިރު، މީގެ ޝޫޓިން ނިންމައި، ފިލްމު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ. "ދަ ކްރޫ" އަކީ އޭވިއޭޝަން ދާއިރާގައި އުޅޭ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

ފިލްމުގެ ފަސްޓްލުން ދައްކުވައި ދޭ ގޮތުގައި ކަރީނާ އާއި ކްރިތީ އަދި ތައްބޫ "ދަ ކްރޫ" ގައި ފެންނާނީ ކެބިން ކްރޫންގެ ރޯލުންނެވެ.

މި ފިލްމަކީ ކަރީނާ ރޯލެއް ކުޅުނު 2018 ގެ "ވީރޭ ދީ ވެޑިން" ގެނެސްދިން ދެ ޕްރޮޑިއުސަރުން ކަމަށްވާ އެކްތާ ކަޕޫރާއި ރިއާ ކަޕްރޫ ޕްރޮޑިއުސްކޮށް، ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

"ދަ ކްރޫ" ގެ އާ ތާރީހު އިއުލާންކުރި އިރު، ކަރީނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރާ އެކީ ކްރިތީ ކުޅެފައިވާ "ތޭރީ ބާތޯ މޭ އެއިސާ އުލްޖާ ޖިއާ" މި މަހުގެ 9 ގައި ސިނަމާތަކަށް އަންނާނެ އެވެެ. ކްރިތީ އަކީ މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާއެކެވެ.

ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާނޭ ޖާ" އެވެ.