Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޖަވާއަށް ޑެޕިއުޓީ މިނިސްޓަރުކަން

އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ)- ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަވާ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

ޔޫތް މިނިސްޓްރީގައި މިހާރުވެސް 9 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.

ޖަވާޒް ވަނީ އެފްއޭއެމްގެ އެކި މަގާމުތައް މީގެކުރިން ފުރާފައެވެ. އޭނާ އެންމެފަހުން ހުރީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުގައެވެ. އެ މަގާމުން ޖަވާޒު އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރު ފަހުކޮޅުއެވެ.