Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ކޫއްޑޫގައި މިހާރު އަވަސްކޮށް ތެޔޮ ލިބޭނެ

މަސްވެރިންނަށް ހަލުވިކޮށް ތެޔޮ ފޯރުކޮށް ދޭން ކޫއްޑޫގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.

މިކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) ގެތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އަޅަން ދެން މާ ގިނަ އިރަކު މަޑުކުރާކަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ޙިދުމަތް ދޭން ފަށާފައިވާ ކަމަށް ބުންޏެވެ.

މިއީ މިނިސްޓްރީން ބުނީ މިއީ ކޫއްޑޫ އިން ތެޔޮ އަޅާ މަސްވެރިިންގެ ވަގުތު ސަލާމަތްކޮށްދޭން ގެނެސްދެވުނު މުހިއްމު ހައްލެއް ކަމަށެވެ.