Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ނާޒިމް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާ އަށް

އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އައްޑޫލައިވްއަށް އިންޓަވިއު ދެއްވަނީ- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ނާޒިމް މިހާރު ހުންނެނީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުގެ ގޮތުގައެވެ.

ނިމުނު ރިޔާސީ އިންތިހާބުގައިވެސް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި ނާޒިމް މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މާފަންނު އުތުރު ދާއިރާއަށެވެ.

ނާޒިމް މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާއިރު މިހާރު ވަނީ ކެމްޕޭން ހަރަކާތްތައްވެސް ފައްޓަވާފައެވެ.

ސަރުކާރު ކޯލިޝަންގައި އެމްއެންޕީ ހިމެނޭއިރު، ޕީއެންސީން ނިންމާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން މަޖިލީހުގައި ވާދަކުރައްވާ ދާއިރާތަކަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވާދަނުކުރުމަށެވެ. އެގޮތުން ނާޒިމް ވާދަކުރައްވާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުނުކުރާނެކަން މީގެކުރިން ވަނީ ހާމަކޮށްފައެވެ.