Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަން ލަތީފަށް

ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމަށް އައްޑޫ މީހަކު ހަމަޖއްސައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ ޓީމްގެ މެނޭޖަރަކަށް ހަމަޖެއްސީ އައްޑޫ ހިތަދު އަށް ނިސްބަތްވާ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަބްދުލް ލަތީފެވެ.

އޭނާ އެ މަގާމަށް ހަމަޖައްސައިފައި ވަނީ މިދިޔަ މަހު 22 ގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އެކަމަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ލަތީފަކީ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ބޯޑު މެންބަރެކެވެ.