Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ޕޫނަމް މަރެއް ނުވޭ، ސަމާލުކަން ހޯދަން ކުރި ކަމެއް!

އިންޑިއާގެ ބަތަލާ/މޮޑެލް ޕޫނަމް ޕާންޑޭ ރަހިމުގެ ކެންސަރު ބަލީގައި މަރުނުވާ ކަމަށާއި އެފަދަ ވާހަކައެއް ފެތުރީ ކެންސަރަށް ހޭލުންތެރި ކުރަން ކަމަށް ބުނެ އޭނަގެ އިންސްޓަގްރާމްގައި މިއަދު ވީޑިއޯ ޕޯސްޓްތަކެއް ވެސް އާންމުކޮށްފި އެވެ.

އެއިން އެއް ޕޯސްޓްގައި ޕޫނަމް، 32، ބުނީ އޭނަގެ މަރުގެ ޚަބަރާ އެކީ ވަރަށް ގިނަ ބަހަކު ކެންސަރުގެ ވާހަކަ ދައްކަން ފެށިކަން ފާހަގަ ވެސް ކުރެވިފައިވާ ކަމަށެވެ. އަދި އޭނަ އަށް ކެންސަރު ވެސް ޖެހިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އާންމުންގެ ތެރޭގައި ޕޫނަމް އެންމެ ބޮޑަށް މަޝްހޫރީ ނިވާކަން ކުޑަކޮށް ހެދުން އަޅައި، ހަށިގަނޑުގެ ވަނާތައް ފާޅުކުރަން އާދަވެފައިވާ މީހެއްގެ ގޮތުގަ އެވެ. ބޮލީވުޑުން މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕޫނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ނަޝާ"، "ލަވް އިޒް ޕޮއިޒަން" އަދި "ޖާނީ އޮފް ކަރްމާ" ހިމެނެ އެވެ.

ޕޫނަމް މަރު ނުވާކަން އިއުލާންކުރުމާ އެކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެގޮތުން މިފަދަ ދޮގު ޙަބަރުތައް ފަތުރައި ބޭނުމެއް ނެތް ގޮތުގައި މީހުން ސިއްސުވާލައި، އާންމުންގެ ސަމާލުކަން ހޯދަން އުޅުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށް ބުބެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުުން ޕޫނަމަށް ފިޔަވަޅު އަޅަން ވެސް ގޮވާލައިފަ އެވެ.

ޕޫނަމް މަރުވެއްޖެ ކަމަށް ބުނެ އޭނގެ އިންސްޓަގްރާމްގައި އެ ވާހަކަ ހިއްސާކުރީ އިއްޔެ ހެނދުނު އެވެ. އެއާ ވަރަށް ގިނަ މީޑިއާތަކުން އެ ވާހަކަ ގެނެސްދީފައިވެ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވެސް ޕޫނަމް ކެންސަރުގައި މަރުވިކަން އިއުލާން ކުރުމާ ކެންސަރާ މެދު ހޭލަން ޖެހުމުގެ މުހިއްމުކަމުގެ ވާހަކަ ދައްކާފައިވެ އެވެ.